Sunday, January 31, 2016
Friday, January 29, 2016
Leykokaa
ފިނިފިނި ވި ނަލަ
ވައިރޯޅި ޖެހެމުން އެދާ،
ފިނިކަން ހިތަށް ގެނުވައިފިޔޭ އަސްލުން އެތާ
ގަސްތަކުގެ
ރީތިކަމާއި މާތަކުގެ ފަރިނަލަ ކަމާ،
ވަސްމީރުވީ މާތަކުން ހިތް ފުރުވައިފިޔޭ އެތާ
އިންތިޒާރެއްގައި
ވަގުތުތައް ހޭދަ ވަމުން މިދާ،
އިންތިހާޔަށް ދުށުން އެދެވިގެން ހުރީމޭ އެތާ
ކިރު ދޫނިތަކުގެ ގޮވުމުގެ
އަޑާ އެކުވެގެންދާ،
ފިރުމުން ތަކެއްގެ ހަނދާން ކުރުވައިފިޔޭ އެތާ
ކޮކާލާ މާބުރާ
ބަޅިނދާ އަވަދި ނެތިގެން އުޅޭ،
އެކުއެކީ މާތަކުން ފޮނިބޮމުން އުޅެޔޭ އެތާ
ހިތުގެ ދިރުމަށް
އުލްފަތުން އުފާ މިހޯދޭ،
މާތްވި ލޯބީގެ އިޙުސާސްތަކޭ ކުރަނީ އެތާ
ފިނިކަން ހިތަށްލިބި
މިލްޖުވެގެން އެތާ،
ފޮނި ބޯން އުޅޭ ލޭކޮކާ ހާދަ ގިނައޭ އެތާ
Wednesday, January 27, 2016
Saabas Dhannavan
ކުރައްވާ ލާމަސީލު ހިތްވަރަށް ސާބަސް ދަންނަވަން،
ކުރައްވާ އެގިނަގުނަ މަސައްކަތަށް
ސާބަސް ދަންނަވަން
**********************************************************
ޖަލުގެ ކުޑަގޮޅީގައި އެކަހެރިކޮށްފައި އެތާ އޮތުމަކުން،
ކިލަނބުވެ ހިތް ނުދާކަން ދައްކަވާ
ދެއްވަނީ ހިތްވަރުން
ދުނިޔޭގެ އިސްވެރިންގެ ސަމާލުކަން ހޯއްދެވުމުގައި،
ދުނިޔެ ހައިރާން ވެދާފަދަ
ސާބިތުކަމޭ ފެންނަނީ ހިތްވަރުން
މައިބަދައިގެ ސީރިއަސް އޮޕަރޭޝަނަށް ވުރެން،
ޤައުމަށް ޚިދުމަތްކުރުން
މާއުފާވާކަން ފެނިދަނީ ހިތްވަރުން
ދުނިޔޭގެ މަޝްހޫރު މީޑިއާ ތަކުން ސަމާލުކަން،
ދުނިޔެ ފިސާރިދަންނަ ލީޑަރެއްކަން
އެފެންނަނީ ހިތްވަރުން
ޤައުމަށް ކުރަންހުރި ޚިދުމަތަށް އަންނާނެކަން،
ޤައުމަށްޓަކައި ޤުރުބާންވާނެކަން
ހާމަކުރައްވަނީ ހިތްވަރުން
އެޒަޢީމެއްގެ ނަން ދުނިޔޭގެ އެންމެނަށް އެނގޭ،
އެޒަޢީމަކީ އޭޝިއާގެ 'މަންޑޭލާ'
ކަން އެނގިދަނީ ހިތްވަރުން
ރައްޔިތުންގެ ނުހަނު ލޯބިވާ މިޖީލުގެ ތަރިޔަކީ،
ރައްޔިތުންނަށް ލާބަހުރި ހުރިހާ
ކަމެއް ކުރައްވަނީ ހިތްވަރުން
Subscribe to:
Posts (Atom)