Wednesday, January 27, 2016

Saabas Dhannavan






ކުރައްވާ ލާމަސީލު ހިތްވަރަށް ސާބަސް ދަންނަވަން،
ކުރައްވާ އެގިނަގުނަ މަސައްކަތަށް ސާބަސް ދަންނަވަން
**********************************************************
ޖަލުގެ ކުޑަގޮޅީގައި އެކަހެރިކޮށްފައި އެތާ އޮތުމަކުން،
ކިލަނބުވެ ހިތް ނުދާކަން ދައްކަވާ ދެއްވަނީ ހިތްވަރުން
ދުނިޔޭގެ އިސްވެރިންގެ ސަމާލުކަން ހޯއްދެވުމުގައި،
ދުނިޔެ ހައިރާން ވެދާފަދަ ސާބިތުކަމޭ ފެންނަނީ ހިތްވަރުން
މައިބަދައިގެ ސީރިއަސް އޮޕަރޭޝަނަށް ވުރެން،
ޤައުމަށް ޚިދުމަތްކުރުން މާއުފާވާކަން ފެނިދަނީ ހިތްވަރުން
ދުނިޔޭގެ މަޝްހޫރު މީޑިއާ ތަކުން ސަމާލުކަން،
ދުނިޔެ ފިސާރިދަންނަ ލީޑަރެއްކަން އެފެންނަނީ ހިތްވަރުން
ޤައުމަށް ކުރަންހުރި ޚިދުމަތަށް އަންނާނެކަން،
ޤައުމަށްޓަކައި ޤުރުބާންވާނެކަން ހާމަކުރައްވަނީ ހިތްވަރުން
އެޒަޢީމެއްގެ ނަން ދުނިޔޭގެ އެންމެނަށް އެނގޭ،
އެޒަޢީމަކީ އޭޝިއާގެ 'މަންޑޭލާ' ކަން އެނގިދަނީ ހިތްވަރުން
ރައްޔިތުންގެ ނުހަނު ލޯބިވާ މިޖީލުގެ ތަރިޔަކީ،
ރައްޔިތުންނަށް ލާބަހުރި ހުރިހާ ކަމެއް ކުރައްވަނީ ހިތްވަރުން

No comments:

Post a Comment