Friday, January 29, 2016

Leykokaa



ފިނިފިނި ވި ނަލަ ވައިރޯޅި ޖެހެމުން އެދާ،
ފިނިކަން ހިތަށް ގެނުވައިފިޔޭ އަސްލުން އެތާ
ގަސްތަކުގެ ރީތިކަމާއި މާތަކުގެ ފަރިނަލަ ކަމާ،
ވަސްމީރުވީ މާތަކުން ހިތް ފުރުވައިފިޔޭ އެތާ
އިންތިޒާރެއްގައި ވަގުތުތައް ހޭދަ ވަމުން މިދާ،
އިންތިހާޔަށް ދުށުން އެދެވިގެން ހުރީމޭ އެތާ
ކިރު ދޫނިތަކުގެ ގޮވުމުގެ އަޑާ އެކުވެގެންދާ،
ފިރުމުން ތަކެއްގެ ހަނދާން ކުރުވައިފިޔޭ އެތާ
ކޮކާލާ މާބުރާ ބަޅިނދާ އަވަދި ނެތިގެން އުޅޭ،
އެކުއެކީ މާތަކުން ފޮނިބޮމުން އުޅެޔޭ އެތާ
ހިތުގެ ދިރުމަށް އުލްފަތުން އުފާ މިހޯދޭ،
މާތްވި ލޯބީގެ އިޙުސާސްތަކޭ ކުރަނީ އެތާ
ފިނިކަން ހިތަށްލިބި މިލްޖުވެގެން އެތާ،
ފޮނި ބޯން އުޅޭ ލޭކޮކާ ހާދަ ގިނައޭ އެތާ

No comments:

Post a Comment