ލޮބުވެތި މާތް
ދަރިންނޭ ތެދުވެރި ޢަމަލު ކުރާށޭ،
އަބަދާއި އަބަދު ﷲގެ ދީންމަތީ ސާބިތުވެ ތިބޭށޭ
ހެޔޮ ޢަމަލު ގިނަކޮށް
ފުއްސެވުން ހޯދަން އުޅޭށޭ،
ހެޔޮލަފާ މީހުނާއެކު މެނޫނީ އެކުވެރިވެގެން ނޫޅޭށޭ
ތަޢުލީމު މާތް
މަތިވެރިވި ހޯދަން ނިކަން އުޅޭށޭ،
ތަޢުލީމު އެންމެ ހެޔޮގޮތުގަ ދުންޔަވީ ބޭނުން ހިފާށޭ
ތިމާއަށް ލިބިފަވާ
ނިޢުމަތަށް ޝުކުރު ކުރާށޭ،
އަމާނާތްތެރި ވުމަށް ގަދަ އަޅާ ތާއަބަދުމެ އުޅޭށޭ
ހެޔޮ ހުރިހާ
ޢަމަލަކަށް އިސްކަމެއްދީ ހަދާށޭ،
މޮޔަގޮވާ މީހުންތެރޭ ކޮންމެވެސް ލާމެހި ނުދާށޭ
ޙަޔާތުގެ
ބައިވެރިޔަކަށް ލަފާ މީހަކު ހޯދާށޭ،
ޙަޔާތާ ލަދު ހުރި މީހަކު މެނޫނީ ޚިޔާރު ނުކުރާށޭ
ޚުލްޤު ހެޔޮ މީހަކުމެ
ނޫނީ ޚިޔާރު ނުކުރާށޭ،
ޢިލްމު ހުއްޓަސް ޚުލްޤު ނުބައި މީހުނާއި ދުރުވާށޭ
ދީނުގައިވާ މަގަށް
ކަންކުރަށް ދަސްކުރާށޭ،
ދީނުގެ މަހުން ދުރުވެދާނެ ކަންކަމާ ފޭވެ އުޅޭށޭ
ޝުކުރު މަތިވެރި
އިލާހަށް ތާއަބަދު ކުރާށޭ،
ޝުކުރުވެރިވުން އެއީ އުފަލެއްކަމަށް ހަދާ ބަލާށޭ
No comments:
Post a Comment